މާކްސިސްޓް ޖޭވީޕީގެ ޖަބްހާ ނޭޝަނަލް ޕީޕަޕަލްސް ޕަވަރ (އެންޕީޕީ)ގެ ލީޑަރު އަނުރާ ކުމާރާ ދިސަނާޔަކެ، އާދީއްތަ ދުވަހު ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރި ހޯދައިފިއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން، ދިސަނާޔަކެ ވަނީ މި އިންތިހާބުގައި ފެށުނީއްސުރެ ވަރުގަދަ ލީޑެއް ހޯދާފައެވެ. އިންތިޚާބުގައި މިހާތަނަށް ގުނާފައިވާ އެއް މިލިއަން ވޯޓުގެ ތެރެއިން އޭނާ ވަނީ 53% ވޯޓު ހޯދާފައިކަމަށް ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަދު ހެނދުނު 7:00 އަށް އިޢުލާންކުރެވުނު ޖުމްލަ ވޯޓު ގުނުމުގައި، 56 އަހަރުގެ ދިސަނާޔަކެ ވަނީ 727,000 ވޯޓު ނުވަތަ 52% ހޯދާފައެވެ. އޭނާގެ އެންމެ ގާތް ވާދަވެރިޔާ، 57 އަހަރުގެ މައިގަނޑު އިދިކޮޅު ލީޑަރު ސަޖިތް ޕްރެމަދާސާ ވަނީ 333,000 ވޯޓު ނުވަތަ 23% ހޯދާފައެވެ.
މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގެ، 75 އަހަރު، ވަނީ 235,000 ވޯޓު ނުވަތަ 16% އާއެކު ވަރަށް ފަހަތުގައެވެ.
އިއްޔެ ލަންކާގައި ބޭއްވ ރިޔާސީ އންތިހާބަކީ 2022 ގައި އެޤައުމުގެ އިޤްތިޞާދު ބަނގުރޫޓުވުމަށްފަހު ބޭއްވޭ ފުރަތަމަ މުހިންމު އިންތިޚާބެވެ.


