ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އެމްބަސީން ދިވެހިންނަށް ފޮނުވަމުން އަންނަ މެސެޖެއްގައި ބުނީ، ލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފައިވާ ކަމަށާއި ދިވެހިން ވެސް އެކަމަށް ސަމާލުވާން އިލްތިމާސް ކުރާ ކަމަށެވެ.
މިގޮތުން، ބޭރަށް ދާއިރު އައިޑެންޓިފިކޭޝަން ގެންގުޅުމަށާއި، ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިޔުމަށާއި، ދަން ގަނޑިތަކުގައި ބޭރުގައި ނޫޅުމަށާއި، ފުލުހުން ނުވަތަ ސަލާމަތީ ޚިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަންވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ވިސްނަވައި ވިސާއާއި ގުޅުންހުރި ކަންކަން ހަމަޖެއްސުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.


