Tuesday, 28 July 2026

ފުރަތަމަ ފަހަރަށް މާލެ ނޫން ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތަށް ހަދައިފި

މާލެ ފިޔަވައި، އައިޑީކާޑު ހަދައިދޭ ފުރަތަމަ ރަށެއްގެ ގޮތުގައި ގއ. ވިލިނގިލީގައި މިއަދު އެ ހިދުމަތް ދޭން ފަށައިފި އެވެ.

ވިލިނގިލީގައި އެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރުފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ.

މިހާތަނަށް އައިޑީކާޑު ޕްރިންޓް ކުރުމުގެ މަސައްކަތް ކުރަމުން އައީ ވެލާނާ ބިލްޑިންގްގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގަ އެވެ.

މިހާރު ޑީއެންއާރުގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް އައިޑީކާޑަށް އެދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު ކާޑު ޕްރިންޓުކުރުމަށް ފަހު، ކުރިއަރު މެދުވެރިކޮށް އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *