Wednesday, 28 October 2026

ޔޫކޭއަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތް ހަދައިފި

އަންނަ އަހަރުގެ މަހުގެ 8 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރު ކުރެވޭނީ އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ހޯދައިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މި ބަދަލާ ގުޅިގެން ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ.

އަދި މިގޮތަށް ނިންމީ އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާތީ ކަމަށާއި، އެ ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ އެ ގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، ގައުމަށް ތެރެވުމުގެގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ވަނީ އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށް ވާއިރު، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް ބުނެފައެވެ.

އަންނަ އަހަރުގެ އެޕްރީލު މަހުގެ 2 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އެ ގައުމާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އިނގިރޭސިވިލާތަށް ދަތުރު ކުރުމުގެ ކުރިން އީޓީއޭ އަށް ރިކުއެސްޓް ކުރަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވެއެވެ.

އެހެންކަމުން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަން ދިނުމަށާއި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *