ލުބުނާން އަދި ސީރިއާގައި ހިޒްބުއްލާގެ ސަތޭކަ އެތައް މެންބަރުންނެއް ބޭނުންކުރާ ޕޭޖަރތަކެއް އެއްފަހަރާ ގޮއްވާލުމާއި ގުޅިގެން 9 މީހުން މަރުވެ އތައް ހާސް ބަޔަކު ޒަހަމްވެއްޖެ އެވެ.
މިއީ ވަރަށް ފަންނީ ގޮތަކަށް ރާވައިގެން ދިން ހަމަލާއެއްކަމަށް ބެލެވޭ އިރު، ހިޒްބުއްލާ އާއި ލުބުނާނުގެގެ ސަރުކާރުން ވަނީ މިކަމުގެ ޒިންމާ އިޒްރޭލުގެ މައްޗަށް އަޅުވައިފިއެވެ.
އެމެރިކާގެ އޮފިޝަލަކު ބުނިގޮތުގައި، މި އޮޕަރޭޝަން ނިމުމަށްފަހު އަންގާރަ ދުވަހު އިޒްރޭލުން އެމެރިކާއަށް މަޢުލޫމާތު ދީފައިވެއެވެ. މި އޮޕަރޭޝަންގައި ޕޭޖަރުތަކުގައި ވަރަށް ކުޑަ މިންވަރަކަށް ގޮވާ ތަކެތި ލައްވާފައިވާކަމަށް ބުނެފައިވެއެވެ.
އިޒްރޭލުގެ ސިފައިންގެ ފަރާތުން މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ދޭން އިންކާރުކޮށްފައިވެއެވެ.
އަނިޔާވި މީހުންގެ ތެރޭގައި ލުބުނާންގައި ހުރި އީރާނުގެ ސަފީރުވެސް ހިމެނެއެވެ. މި ސިއްރު ގޮވުުންތައް ހިނގާފައިވަނީ އިޒްރޭލާއި އީރާނުގެ ބާރުގަދަ ހިޒްބުއްލާއާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާއާ ގުޅިގެން ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ފަހުން، އިޒްރޭލާއި ލުބުނާންގެ ސަރަހައްދީ ބޯޑަރުގައި މި ދެފަރާތުން ދަނީ ހަމަލާ ބަދަލުކުރަމުންނެވެ.


