އިމިގްރޭޝަންގެ އޮފިޝަލުންކަަމަށް ބުނެ ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ، މި ތިން މީހުން ބަންގްލަދޭޝް މީހެއްގެ އަތުން ފޯނާއި، 9،000ރ. ފޭރުނު މައްސަލަ ރިޕޯޓް ކުރީ އިއްޔެ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ގ.ބޭރުގެ މުހައްމަދު ނަވީން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މީގެ ކުރިންވެސް އެކި މުވައްސަސާތަކުގެ ނަމުގައި ފޭރުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.


