Tuesday, 28 July 2026

ފޭސް 2 ބްރިޖުމަތިން ލޮރީ އަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭ ފޭސް އެކަކުން ފޭސް ދެއަކަށް ދަތުރުކުރުމަށް އޮންނަ ބްރިޖުމަތީގައި ލޮރީއަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެއީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި އެނގިފައި ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގި ސަރަހައްދުން ފެންނަނީ ސައިކަލަކާއި އެޗްޑީސީގެ ވޯޓާ ޓޭންކަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *