ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާލެވުނު 20 ބައިވެރިން، ވޮލީ ކޯޗިން ކޯހަކަށް ޗައިނާ އަށް ފުރައިފިއެވެ.
އެ ތަމްރީންތައް ކުރިއަށް ދާނީ ޗައިނާގެ ހަންގްޒޫ ސިޓީގަ އެވެ. އެއީ މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ ފަހަކާ ހަމައަށެވެ.
މިއީ ކުޅިވަރިގެ ދާއިރާއިން މީހުން ބިނާކުުރުމަށް ޗައިނާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ފޮނުވާ ބައެކެވެ.
މި 20 ބައިވެރިންގެ ތެރޭގައި އައްޑޫ ސިޓީގެ ފޭދޫ، ބ. ގޮއިދޫ، ކ. ހުރާ، ކ. މާލެ، އދ. މަހިބަދޫ، ހދ. ހަނިމާދޫ ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، އައްޑޫ ސިޓީ ހިތަދޫ، ފ. ފީއަލި، ޅ. ނައިފަރު އަދި ހއ. ހޯރަފުށި، ވ. ފެލިދޫ، ރ. މީދޫ އަދި އއ. ބޮޑުފުޅަދޫ އަށް ނިސްބަތްވާ ބައިވެރިން ހިމެނެއެވެ.


