Wednesday, 28 October 2026
Raajje24

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކު ހައްޔަރުކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާ ކުރި 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަ ފެންމަތިވީ މިހިނގާ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މިމައްސަލަ ތަހްގީގު ކުރަމުން ގޮސް, މިމަހު 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިމަހު 12 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރެއް ނެރެދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ގއ، ގދ، ޏ، އަދި ސ ގައި ހިމެނޭ ރަށަކުން މި އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު ކަމަށެވެ.

އަދި ޖިންސީ ގޯނާގެ ޝިކާރައަށް ވީ ފަރާތަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ވުމުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *