Wednesday, 28 October 2026

ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުނު 4 މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ފުވައްމުލައްސިޓީގައި ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުމުގެ ތެރޭގައި 4 މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލަ މިއަދު ހެނދުނު 09:32 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުވައްމުލަކުގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ބާލަން އުޅުމުގެ ތެރޭގައި އެތަކެތި އުފުލަން އުޅުނު 2 ބިދޭސީންނަށް އަދި 2 ދިވެއްސަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި އަނިޔާވި ހަތަރު މީހުން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާއިރު، މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *