Tuesday, 28 July 2026

ޣައްޒާ އާއި ރަފާހަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި

އިއްޔެ ހަވީރު ޣައްޒާ ސިޓީއާއި ދެކުނު ޣައްޒާ ސްޓްރިޕްގެ ރަފާހު ސިޓީގައި އިސްރާއިލުގެ ސިފައިންގެ ހަމަލާތަކުގެ ސަބަބުން 3 މީހުން ޝަހީދުވެއްޖެ އެވެ.

އެގޮތުން ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީގެ ޕެރަމެޑިކުންގެ ބަހެއްގައި، މަރުވި އެއް މީހަކާއި އަނިޔާވި 4 މީހުން ޣައްޒާ ސިޓީގެ އަލް-އަހުލީ އަރަބު ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި މީހުން ގެންގޮސްފައިވަނީ އިސްރާއިލްގެ ހެލިކޮޕްޓަރަކުން ސިޓީގެ ދެކުނު ހުޅަނގުގައިވާ ތެލް އަލް-ހަވާ ސަރަޙައްދަށް ހަމަލާދިނުމަށް ފަހުގައެވެ.

މީގެ އިތުރުން، ސިއްހީ ފަރާތްތަކުން ކަށަވަރުކޮށްދިން ގޮތުގައި ރަފާހު ސިޓީގައި ޝަހީދުވެފައިވާ ދެ މީހުން ކަމަށްވާ ބައްޕައަކާއި އޭނާގެ ދަރިފުޅު، ގެންދެވުނީ ކައިރީގައިވާ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިނގަމުންދާ އިސްރާއީލީ އަނިޔާވެރިކަމުގެ ސަބަބުން މިހާތަނަށް 41,118 މީހުން ވަނީ މަރުވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *