Tuesday, 28 July 2026

ހިޔާ އެޕާޓްމަންޓެއްގައި އެހީއަށް އެދި ގޮވަމުންދިޔަ އަންހެނަކު ސަލާމަތްކޮށް، ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓެއްގެ ތެރެއިން ތަކުރާރުކޮށް އަންހެނަކު ރޯ އަޑު އިވި، އެކަން ސާފުކުރަން ފުލުހުން އެޕާޓްމަންޓުގެ ދޮރު ހުޅުވަން އެދުމުން އެކަން ނުކޮށް، އެއްބާރުލުން ނުދިނުމުން، ބާރުގެ ބޭނުންކޮށް، އަންހެން މީހާ ސަލާމަތްކުރުމަށްފަހު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވާއި އަދި ރޯ އަޑު އިވޭތީ އެތަނަށް ފުލުހުން ދިޔަ ކަމަށެވެ. ފުލުހުން ގޮސް އެޕާޓްމަންޓްގެ ދޮރު ހުޅުވަން އެދުމުން ފިރިހެނަކު ދޮރު ހުޅުވުމަށް ފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕާ ތަޅުލިކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އޭގެ ފަހުން ވެސް އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވާތީ އެޕާޓްމަންޓުގެ ދޮރު ހުޅުވަން ތަކުރާރުކޮށް އެދުނު ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، ދޮރު ހުޅުވަން ތަކުރާރުކޮށް އެންގުމުން ވެސް ނުހުޅުވި ކަމަށާއި އެހެންވެ ބާރުގެ ބޭނުންކޮށްގެން އެޕާޓްމަންޓުގެ ދޮރު ހުޅުވި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ، އަހުމަދު އުވައިސް، ހ. ލާމިޔާ އާއި އުމުރުން 39 އަހަރުގެ، މުހައްމަދު މުމީތު، މއ. ތްރީމޫންސް އެވެ.

ފުލުހުން ބުނީ، އެޕާޓްމަންޓަށް ވަދެ އަންހެން މީހާ ސަލާމަތްކުރި ކަމަަށެވެ. ނަމަވެސް، މި ހާދިސާގައި އަންހެން މީހާ ސަލާމަތަށް އެދި ގޮވީ ސީދާ ކީއްވެކަމެއް، އަދި އަނިޔާއެއް ކޮށްފައިވާ ކަމެއް ސާފެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *