Tuesday, 28 July 2026

ބަރަހަނާ ޓެލެގްރާމް ޗެނަލްތައް: މިކަމަށް ޝައްކުކުރެވޭ މީހުންގެ އަތުން 14 ޑިޖިޓަލް ވަސީލަތް، 9 ޓެލްގްރާމް އެކައުންޓެއްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި: ފުލުހުން

ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިމެނޭ ޓެލެގްރާމް ޗެނަލްތައް ހިންގާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ އަތުން 14 ޑިޖިޓަލް ވަސީލަތާއި 9 ޓެލެގްރާމް އެކައުންޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް 3 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އދ. މަހިބަދޫ، ބަހާރުގެ، ޢުމުރުން 45 އަހަރުގެ ޒުބައިރު ޢަލީއާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ޢުމުރުން 46 އަހަރުގެ ނާޞިފް ޢަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، ޢުމުރުން 29 އަހަރުގެ އިސްމާޢީލް ރަބީޙްއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ތިން މީހުންގެ ޑިވައިސްތަކުން 9 ޓެލެގްރާމް އެކައުންޓާއި 571 ޓެލެގްރާމް ޗެނަލާއި 27 ގޫގަލް އެކައުންޓާއި 26 ފޭސްބުކް އެކައުންޓާއި 3 ވަޓްސްއެޕް އެކައުންޓާއި 3 ވައިބާ އެކައުންޓުގެ އިތުރުން އެހެނިހެން ކްލައުޑް ސްޓޯރެޖްތަކަށް ނިސްބަތްވާ 30 އެކައުންޓެއް ވަނީ ފުލުހުން ހޯދާފައެވެ.

ފުލުހުން އިތުރަށް ބުނީ މީގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް 43 ޗެނަލް ހަދދާފައިވާއިރު ކުޑަކުދިންގެ ނަމުގައި ވަކިވަކި ޗެނަލްތައް ހަދާފައިވާކަންވެސް ފުލުހުންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒުބައިރު އަލީގެ ފޯނުން ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށާއި، އަދި އެ ވާހަކަތައް އެކި މީހުންނަށް ކިޔައިދޭން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށް ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް ހޯދުމަށް އެކި ފަރާތްތަކާ އޭނާ ވާހަކަދައްކާފައި އެބަހުރި ކަމަށާއި ޗެނަލްތަކުން ފޮޓޯ ނެގުމަށް ވިކްޓިމުން އަތުން ފައިސާއަށް ޑިމާންޑްކޮށް ޖިންސީ އަމަލު ހިންގުމަށްވެސް އެދިފައިވާކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ހިއްސާކޮށް ވިއްކަމުންދިޔަ 571

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *