Tuesday, 28 July 2026
ޒަކިއްޔާ މޫސާ

ތަހުލީލުތަކަށްފަހު ޒަކިއްޔާގެ ހަށިގަނޑު ހޮޅުދޫއަށް

ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހްލީލު ކުރުމަށްފަހު އަނބުރާ ރަށަށް ގެންގޮސްފިއެވެ.

މިދިޔަ އަންގާރަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އަންގާރަ ދުވަހުގެ ދަންވަރުއެވެ. އޭނާގެ ހަށިގަނޑު ގެނެސްފައިވަނީ އިތުރު ތަހުލީލުތައް ކުރުމަށެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވައެވެ. މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުނުކުރާ ކަމަށާއި، މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަކިއްޔާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ނިންމާފައި ނުވާއިރު، ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ ހޮޅުދޫ އަށް ވެސް ގޮސްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *