Tuesday, 28 July 2026

ރާއްޖޭގެ އަންހެން ވޮލީ ޓީމު ކާވާ ޗެލެންޖް ކަޕުގެ ފައިނަލަށް

ރާއްޖޭގައގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި ތަޖިކިސްތާން 3-1 ސެޓުން ބަލިކޮށް، ރާއްޖޭގެ އަންހެން ވޮލީ ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ރާއްޖެއިން ތަޖިކިސްތާން ބަލިކުރީ 25-17، 22-25، 25-12 އަދި 25-17 އިންނެވެ. ގިނަ އަދަދެއްގެ ރާއްޖޭގެ ސަޕޯޓަރުން ކ ކުރިމަތީގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ޓީމުން ދެއްކީ ފާހަގަކޮށްލެވޭ ޓީމް ވަރކެކެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެއިން ވަނީ ފެށުނީއްސުރެ ލީޑު ހޯދައި، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، ޖޫޒާން ޒަރީރް، އައިޝަތު މާޖިދާ (މާޖި) އަދި ޝަހާ ޝާމިންގެ މޮޅު ކުޅުމާއެކު ސެޓު ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓުގައި ތަޖިކިސްތާނުން ވާދަވެރި ކުޅުމެއް ދައްކައި ސެޓު ކާމިޔާބުކުރި ނަމަވެސް، ތިންވަނަ އަދި ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ދެއްކީ އެއްވެސް ފުރުސަތެއް ނުދޭ ކުޅުމެކެވެ.

މި ކާމިޔާބީއާއެކު ރާއްޖޭގެ އަންހެން ވޮލީ ޓީމު ވަނީ 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލަށް ގޮސްފައެވެ. ފައިނަލުގައި ރާއްޖެއިން މާދަމާ ރޭ ކުޅޭނީ ކިރްގިސްތާނާ އެވެ. ލީގު ބުރުގައި ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ 3-0 އިން ބަލިވެފައެވެ.

މި މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅޭ މެޗުގައި އަފްގާނިސްތާނާއި ތަޖިކިސްތާން ވާދަކުރާނެއެވެ.

ރާއްޖޭގައި ކުޅުނު އިންޓަނޭޝަނަލް މުބާރާތްތަކަށް ބަލާއިރު، މިދިޔަ އަހަރު މާލޭގައި ކުޅުނު ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ އަންހެން ޓީމަށް ލިބުނީ ދެވަނައެވެ. އަދި 2017 ވަނަ އަހަރު މާލޭގައި ކުޅުނު އެފްއައިވީބީ ކޮލިފައިންގައި ރާއްޖެއިން ވަނީ ތިންވަނަ ހޯދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *