Tuesday, 28 July 2026

ޤަވާއިދާއި ޙިލާފުވި 77 އުޅަނދަކަށް ފިޔަވަޅު އަޅައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 3 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން 291 އުޅަނދެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފުވި 77 އުޅަނދަކަށް ފިޔަވަޅު އަޅައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނިގޮތުގައި ފާސްކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ހަތަރުފުރޮޅުލީ 40 އުޅަނދާއި، 251 ސައިކަލެވެ. އަދި އެތަނުން 72 ސައިކަލާއި 5 ކާރަށް ފިޔަވަޅު އަޅާ، ނުރައްކާތެރިކޮށް ދުއްވި 9 އުޅަނދެއް ފުލުހުން ހުއްޓުވާފައިވެއެވެ.

މިދިޔަ 3 ދުވަހު ފުލުހުންވަނީ ޖުމްލަ 39 އުޅަނދެއް ޓޯކޮށްފައެވެ. އެއީ ހަތަރުފުރޮޅުލީ 6 އުޅަނދާ 33 ސައިކަލެވެ.

އަދި ނަސޭހަތް ދިނުމަށްފަހު 47 އުޅަނދެއް ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މާލޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު މާލޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *