ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިން ސަރވިސް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ހީނާ ވަލީދު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ބަންކަރިންގ ސަރވިސް ފެށުމަށް ބޭނުންވާ ބޯޓުތައް ގެނައުންފަދަ ތައްޔާރީތައް އެސް.ޓީ.އޯ، އެމް.ޕީ.އެލް، އިކޮނޮމިކް މިނިސްޓްރީ އަދި އެހެނިހެން ކަމާގުޅޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ރާފިޢު ވިދާޅުވީ މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޖުމްލަ 264 މަޝްރޫއެއް ކުރިޔަށްދާ ކަމަށެވެ. އަދި ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި އެ މިނިސްޓްރީގެ ދާއިރާގެ މަޝްރޫޢުތަކަށް 118 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެ ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި މުޖުތަމަޢުގައި ރަނގަޅުކުރަން ހުރި ކަންކަމާއި، ދިވެހިންގެ ތެރެއިން ގެއްލެމުންދާ އަޚްލާޤީ ރީތި ސިފަތައް އަލުން އާލާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކަށެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ނޫސްވެރިންގެ އެކިއެކި ސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ.


