Tuesday, 28 July 2026

ހުޅުމާލޭގައި ބޭއްވި މެރެތަންއެއްގައި ބައިވެރިވި ޒުވާނަކު އެކްސިޑެންޓްވެ މަރުވެއްޖެ

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ރޭ 2:48ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ފުލުހުންނަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި މަރުވީ ރޭ ހުޅުމާލޭގައި ބޭއްވި މެރެތަންްއެއްގައި ބައިވެރިވި މާފުށީ ޖަލުގައި ޑިއުޓީ އަދާކުރާ، ލ. އިސްދު އަށް އުފަން ސަމާހު އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *