Wednesday, 28 October 2026

ހަފްތާއެއް ފަހުން ޝާދިޔާއާއި ޝަޒްރާ ދޫކޮށްލައިފި

ރާއްޖޭގައި ހުރި ބައެއް އެމްބަސީތަކުގެ ކުރިމަތީގައި ތަކުރާރުކޮށް އިޒުރޭލާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 28ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންނަކީ ޑރ. ޝަޒްރާ އިބްރާހީމް އާއި އާއިޝަތު ޝާދިޔާ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާކޮށްފައިވާތީ އެވެ. އަދި ޑިޕްލޮމެޓިމް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް އެ މީހުން ހިންގަމުން ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެ ދެ މީހުން ހައްޔަރު ކުރީ ތަކުރާރުކޮށް ނަސީހަތް ދިނުމަށް ފަހުއެވެ.

ރާއްޖޭގެ ގާނޫނުތަކުން ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ސަރަހައްދުތަކަށް އެއްވުމަކީ މަނާކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *