ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރު ނެރުނު މައްސަލައިގައި ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓު ކަމަށް ބުނެ ދައުރުވަމުންދާ ރިޕޯޓަކީ ފޭކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ވިދާޅުވީ، މީސް މީޑިއާގެ މަންސަ ތަކުގައި ދައުރުވަމުންދާ އެ ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ.
ފުލުހުންގެ ވިދާޅުވީ އެ ފޭކު ތަހުގީގު ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާއާއި ފުލުހުންގެ ލިޔުންތަކުގައި ބޭނުންކުރާ ހެޑާއާ ދިމާ ނުވާ ކަމަށެވެ. ހަމަ އެހެންމެ ދައުރުވަމުންދާ ލިޔުމުގައި ބޭނުންކޮށްފައިވާ ސޮއި ވެސް އެއީ ފޯޖުކޮށްފައިވާ ސޮޔެއް ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
ސައްހަ ނޫން ތަހުގީގު ރިޕޯޓެއް ދައުރުވަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ،
"އާންމުންގެ މެދުގައި އެކިއެކި ފަރާތްތަކާމެދު ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ފަތުރާ މިފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ" ފުލުހުންގެ ބަޔާނުގައިވެ އެވެ.


