Tuesday, 28 July 2026

4 މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި

ސިނަމާލެ ބްރިޖު ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ކޯސްޓު ގާޑު ހަރަކާތްތެރިވާން ފަށައިފި އެވެ.

މި ހާދިސާ ހިނގިއިރު އޭގައި ހަތަރު މީހުން ތިބިއިރު، އެމީހުން ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި ދެ ދިވެހިންނެވެ. އަދި އެތަނުން ދެ މީހަކަށް ކޮންމެވެސް ވަރަކަށް އަނިޔާ ވެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *