ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު، އެކުވެރި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީއަށް) ފުރާ ވަޑައިގެންފިއެވެ.
ޒަމީރުގެ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ހާރިޖީ ވަޒީރު، ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން ޔޫއޭއީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ކުރައްވާ ރަސްމީ މި ދަތުރުފުޅަކީ ރާއްޖެއާއި އެ ގައުމާ ދެމެދު އޮންނަ ގާތް، ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ދަތުރުފުޅުގައި ވަޒީރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް، އަޙުމަދު ނަސީރާއި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ޙަމީދުގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.


