Tuesday, 28 July 2026

އިކުރާމު އަލުން ހައްޔަރުކޮށްފި

ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިބްރާހިމް އިކްރާމް ދޫވެގެން ދިޔަ ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެ މީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި، އިބްރާހިމް އިކްރާމް ފިލައިގެން އުޅެނިކޮށް އެ ރޭގެ ވަގުތެއްގައި ހައްޔަރުކުރި އެވެ.

އިކްރާމް ދޫވެގެން ދިޔައީ ވަކީލަކު ނެތި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހުމުން އެއީ ގޯހެއް ކަމަށް ހައި ކޯޓުން ކަނޑައެޅުމުންނެވެ. ހައި ކޯޓުގެ ޝަރީއަތުގައި، ދަށު ކޯޓުން ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން ސުވާލުނުކުރާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ހެދީ ދޮގެއް ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *