އިނާ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް، އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ އޮފީހަށް ގެއްލުންދީ، ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ.މީދޫ / ބުލްބުލާގެ އަޒްމީލް މުހައްމަދު (40އ) ކަމަށެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައިގެ ތުހުމަތުގައި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ކަމަށެވެ. މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އިނަ މޯލްޑިވްސްގެ ވެެރިޔަ މުހައްމަދު ފިރާގު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ޒުވާނުން ރަނގަޅު މަސައްކަތް ކުރަން ޖެހޭ ކަމަށާއި, ވައްކަން ކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު މަގު ނޫން ކަމަށެވެ.


