ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީއަށް އަމާޒުކޮށް އިސްރާއީލުން މިއަދު ހެނދުނު ދިން ސިލްސިލާ ވައިގެ ހަމަލާތަކުގައި އާންމުންގެ ގިނަ ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮމުގެ ހަމަލާތަކެއް ދީ، އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްޠީނުގެ 40،265 މީހުން ޝަހީދުފައިވާއިރު، 93،144 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.


