Tuesday, 28 July 2026

އަންހެނަކު ރަހީނުކުރި ހާދިސާގައި ފުލުހުން އަމަލުކުރި ގޮތާމެދު ފަހުރުވެރިވަން: ކޮމިޝަނަރ އޮފް ޕޮލިސް

ރޭ މާލޭގައި އަންހެނަކު ރަހީނު ކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު ފަހަރުވެރިވާ ކަމަށާއި އެއީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ އަންހެނަކު ރަހީނުކުރި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު “ތުރެޓް ނިއުޓްރަލައިޒް” ކޮށްފައިވާ ކަމަށެވެ. މިއީ ކާމިޔާބު މަސައްކަތެއްކަން ފާހަގަކޮށް ސީޕީ ވަނީ އެކަމުގައި ހަރަކާތްތެރިވި އެންމެންނަށް ޝުކުރު ދަންނަވާފައެވެ.

ސީޕީ ވަނީ މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބުކަމާއި ޕްރޮފެޝަނަލްކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ﷲ ގެ އިރާދާފުޅާ އެކު ވިކްޓިމްއަށް އަދި ސަސްޕެކްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު ކަން ކޮމިޝަނަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ކޮމިޝަނަރ ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ. މީގެއިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުން މުހިއްމުކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *