Tuesday, 28 July 2026

ގެއްލުނު އަކިރިސް ބޯޓު ފެނިއްޖެ

އިއްޔެ ލ. ގަމުން ފުރައިގެން ދަތުރުކުރަމުން ދިޔަ ގަމު މުދާ އުފުލާ ބޯޓެއް ކަމަށްވާ އަކިރިސްގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް, ބޯޓު ފެނިއްޖެއެވެ.

އެ ބޯޓު ލ. ގަމުން ފުރައިގެން މާލެއަށް ދަތުރު ފެށީ އިއްޔެ ފަތިހު އެވެ. އަދި ބޯޓުގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް ރިޕޯޓުކުރީ ރޭ 7:10 ހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ފެނިފައިވަނީ މ. ރަތްމަންދޫ 22 ނޯޓިކަލް މޭރު ބޭރުން އިންޖިން ހުއްޓިފައި ވަނިކޮށެވެ. ބޯޓުގައި ޖުމްލަ 14 މީހަކު ތިބި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ކޯސްޓު ގާޑުން މައުލޫމާތުދެއެވެ.

އެ ބޯޓުން ދަތުރުކުރި 14 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *