އެޗްޑަބްލިއުޕީއެލްގެ ދުނިޔޭގެ ސުލްޙައިގެ ސަމިޓުގެ 10 ވަނަ އަހަރީ ދުވަސް 18 ސެޕްޓެމްބަރު 2024 ގައި ސޯލްގައާއި އަދި އެހެން 50 ގައުމެއްގައި ފާހަގަކުރަން ނިންމައިފިއެވެ.
"ސަރަހައްދީ އެއްބާރުލުމުގެ ތެރެއިން ދުނިޔޭގެ ސުލްޙައިގެ މުޖުތަމައެއް އުފެއްދުން" މި ޝިއާރުގެ ދަށުން ބާއްވާ މި ހަފްލާގައި ވޭތުވެދިޔަ 10 އަހަރު ދުވަހު ދުނިޔޭގެ ސުލްޙައަށް ކުރެވުނު މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ގެންގުޅޭނެ ސްޓްރެޓެޖީތަކަށް އަލިއަޅުވާލާނެއެވެ.
2014 ވަނަ އަހަރު ފުރަތަމަ ބޭއްވުނު އެޗްޑަބްލިއުޕީއެލް ސަމިޓުގައި އެކި ދާއިރާތަކުގެ 1000 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެ، ހަމަނުޖެހުންތައް ހައްލުކުރުމާއި، ދީނީ އެއްބައިވަންތަކަމާއި، ސުލްޙައަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިއަހަރުގެ އަހަރީ ދުވަހުގައި ވޭތުވެދިޔަ ތަނުގައި ހާސިލުކުރެވުނު ކަންތައްތައް ވަޒަންކުރުމާއި، ކުރިއަށް އޮތްތަނުގައި ކުރާނެ ކަންތައްތައް ރޭވުމަށް ވަނީ އިސްކަންދީފައެވެ.. މީގެ ތެރޭގައި ސަރަހައްދީ ގުޅުންތައް ހަރުދަނާކުރުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެކި ސެޝަންތަކުގެ ތެރެއިން އެ ސަރަހައްދުތަކުގެ ސުލްޙައާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދުން ހިމެނެއެވެ.
"ކޮންމެ މީހަކީވެސް ސުލްޙައިގެ މެސެންޖަރަކަށް ހަދަމާ" މިއީ އެޗްޑަބްލިއުޕީއެލްގެ ޝިއާރެވެ. މި ޝިއާރުން ސުލްޙަ ކުރިއެރުވުމުގައި ކޮންމެ ފަރުދެއްގެވެސް ދައުރު ފާހަގަކުރެއެވެ. މި އަހަރީ ދުވަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސުލްޙައިގެ މެސެޖުތައް އެއްކުރެވި، އެއިން ދުނިޔޭގެ އެންމެންގެ ސުލްޙައަށް ކުރާ އުންމީދު ދައްކުވައިދެވޭނެއެވެ.

ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި، އެޗްޑަބްލިއުޕީއެލް އިން ވަނީ ސިފައިންގެ މެދުގައި އުފެދޭ ޓެންޝަންތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާ، އެކިއެކި ބައިވެރިންނާއެކު މަސައްކަތްކޮށް، ވަރުގަދަ ސުލްޙައިގެ އޮނިގަނޑެއް އެކުލަވާލާފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ފާހަގަކުރުންތަކަށް އަލިއަޅުއްވާލަމުން، ޗެއަރމަން ލީ މަން-ހީ ވަނީ ކުރިއަށް އޮތް ޖީލުތަކަށް ސުލްޙައަކީ ތަރިކައެއްގެ ގޮތުގައި ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ހަފްލާއިން އަލުން ކަށަވަރުކޮށްދެނީ ދުނިޔޭގެ ސުލްޙައަށް އެޗްޑަބްލިއުޕީއެލްގެ އޮތް އަޒުމެވެ. މިގޮތުން، ސަރަޙައްދީ އެއްބާރުލުމާއި ޖަމާޢީ ޢަމަލުތަކަށް އިސްކަންދީ، އިތުރަށް ހަމަޖެހުން އޮތް ދުނިޔެއެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް އަމާޒުކުރެވިފައިވެއެވެ.


