ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ ބިދޭސީންނަށް ފަރުވާދެމުން ދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގައި އެކަކު އަތް ފިހިގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެކަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
ހޮސްޕިޓަލްތަކާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، އައިޖީއެމްއެޗަށް ގެންދެވުނު ބަންގްލަދޭޝް މީހާގެ ހަ ޕަސެންޓް އަދި އޭޑީކޭއަށް ގެންދެވުނު އިންޑިއާ މީހާގެ ތިން ޕަސެންޓް ފިހިފައި ވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ ރޭ 08:43 ހާއިރު ކަމަށެވެ. ހާދިސާ ހިނގާފައިވަނީ ގ. ސެންޓުގެ ގޯޅިތެރޭގައި ހުރި ގަރާޖެއްގައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ގޮތެއް އަދި ސާފެއް ނުވެ އެވެ.


