Tuesday, 28 July 2026

އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު

އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

ގައުމީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. މިއަހަރު މި ދުވަސް ދިމާވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ އެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. މިއަހަރު ފާހަގަކުރާނީ 81 ވަނަ ގައުމީ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *