61 މީހުންނާއެކު ދަތުރުކުރި ބްރެޒިލްގެ މަތިންދާބޯޓެއް ސައޯ ޕައުލޯގެ ބޭރުން ވެއްޓި އޭގައި ތިބި އެންމެން މަރުވެފައިވާ ކަމަށް އެއާލައިން ވޮއިޕާސް އިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުޓޭޖުތަކުން ފެންނަ ގޮތުގައި ހުކުރު ދުވަހުގެ މެންދުރު މި މަތިންދާބޯޓު ވެއްޓުމާއި، އޭގައި އަލިފާން ހިފައެވެ.
"ފްލައިޓް 2283 ގައި ތިބި 61 މީހުން ވެސް މަރުވީ އެ ސަރަހައްދުގައި" މަރުވި 62 މީހުންގެ އިބްތިދާއީ އެސެސްމަންޓަށް ވުރެ މަރުވި މީހުންގެ އަދަދު މުރާޖައާ ކުރަމުން ވޯޕާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބޯޓުގައި 57 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ތިބި ކަމަށް އެ ކުންފުނިން ބުންޏެވެ.
ފްލައިޓް ޓްރެކިންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓްވިން އިންޖީނުގެ ޓާބޯޕްރޮޕް މަތިންދާ ބޯޓެއް ކަމަށްވާ އޭޓީއާރް 72-500 މަރުކާގެ މަތިންދާ ބޯޓު އެންމެ މިނެޓެއްގެ ތެރޭގައި 17،000 ފޫޓު ވެއްޓުނު ނަމަވެސް އެއީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ބޯޓު ވެއްޓުނު މަންޒަރު ފެންނަ ސޯޝަލް މީޑިއާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓު ބިންމަތީގައި ޖެހުމުގެ ކުރިން އުޑުމަތިން ފައިބައިގެން ދިޔައިރު އަވަށުގެ މީހުން ބިރުން ހަޅޭއްލަވާތަން ފެނެއެވެ. އަނެއް ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާބޯޓުގެ ބައިތައް ބިންމަތީގައި އަލިފާން ރޯވެފައި ހުއްޓެވެ. އެ ހާދިސާގައި ބިންމަތީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސިޓީގެ އޮފިޝަލުން ބުނެއެވެ.
ފްލައިޓްރާޑާ24 ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބްރެޒިލްގެ ޕަރާނާ ސްޓޭޓްގެ ކެސްކެވެލް އިން ފުރައިގެން ސައޯ ޕައުލޯ ސްޓޭޓްގެ ގުއާރުޅޮސް އަށް ދަތުރުކުރަމުން ދަނިކޮށް އެ ފްލައިޓުގެ ސިގްނަލް ގެއްލުނީ ބްރެޒިލްގެ ގަޑިން މެންދުރު 1:30 ހާއިރުއެވެ.
ވޮއިޕާސްގެ ސީއީއޯ އެޑުއާޑޯ ބުޝް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބޯޓު ވެއްޓުނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.


