Tuesday, 28 July 2026

ސަމިޓް އޮފް ދަ ފިއުޗާ: ގްލޯބަލް ސައުތު އިން އިތުރަށް ތަމްސީލުކުރުމާއި ފިޔަވަޅު އެޅުމަށް ބާރުއަޅައިފި

އދ.ގެ އާންމު މަޖިލީހުގައި "ސަމިޓް އޮފް ދަ ފިއުޗަރ" ސެޕްޓެމްބަރު 22-23، 2024 އަށް ނިއުޔޯކްގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ސަމިޓުގެ މައިގަނޑު ނަތީޖާއަކަށް ވެގެންދާނީ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރަނގަޅު ދުނިޔެއެއް ހޯދައިދިނުމުގެ މަގްސަދުގައި "ޕެކްޓް ފޯ ދަ ފިއުޗާ" އެއް ފާސްކުރުމެވެ. އެގޮތުން ޖަރުމަނާއި ނެމީބިއާ އިން މި މަޝްވަރާތައް ކޯ ފެސިލިޓޭޓް ކުރަމުން ދަނީ ކުރިއަރާފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތައް ތަމްސީލުކުރަމުންނެވެ.

އދ.ގެ ސަމިޓް އޮފް ދަ ފިއުޗަރގައި އިންޑިޔާއިން ގެންގުޅޭ ވިސްނުން 2023 ވަނަ އަހަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު ވެސް ހާމަކުރައްވާފައި ވެއެވެ. އަދި ސަމިޓްގެ އެޖެންޑާގައި "ގްލޯބަލް ސައުތުގެ އިހުސާސް" ހިމެނުމަށް "ހަގީގީ އެއްބައިވަންތަކަން" ދައްކުވައިދީ "ހަގީގީ އިތުބާރު" އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ޖައިޝަންކަރު ވިދާޅުވީ، މި ކަންކަމަށް އެކަށީގެންވާ ހައްލެއް ނުލިބިއްޖެނަމަ، މި ސަމިޓަކީ "ސަމިޓް އޮފް ދަ ޕާސްޓް" އަކަށް ވެ، އދ.ގެ ރިލޭންސިވިޓީ އާއި އިފެކްޓިވްކަން ނުރައްކަލަށް ހުށަހެޅިދާނެ ކަމަށެވެ.

ގްލޯބަލް ސައުތުގައި ތަރައްގީވަމުން އަންނަ ގައުމުތައް ހިމެނޭއިރު، އޭގެ ތެރެއިން ގިނަ ގައުމުތަކަކަށް އދގެ މެމްބަރުކަން ލިބުނީ 1947 ވަނަ އަހަރަށް ފަހު ޑިކޮލޮނައިޒޭޝަން މަރުހަލާގެ ތެރެއިންނެވެ. ޔޫއެންޖީއޭގައި ގްލޯބަލް ސައުތު ގެ ކުރިއެރުމަކީ 1960 ވަނަ އަހަރު ޑިކޮލޮނައިޒޭޝަން ރިޒޮލިއުޝަން ބަލައިގަތުމާއި 1964 ވަނަ އަހަރު ގްރޫޕް އޮފް 77 (ޖީ-77) އުފެއްދުން ފަދަ މުހިންމު ކާމިޔާބީތަކެވެ. ޖީ-77 އަކީ މިހާރު މެމްބަރު 193 ގައުމުގެ ތެރެއިން 134 ގައުމެއް ތަމްސީލުކުރާ އަދި ދެމެހެއްޓެނިވި ތަރައްގީގެ 17 ލަނޑުދަނޑި (އެސްޑީޖީ) އާއެކު ޔޫއެން ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި އެޖެންޑާ 2030 ފަދަ މަލްޓިލޭޓަރަލް ސިޔާސަތުތައް ބައްޓަން ކުރުމުގައި ނުފޫޒު ގަދަ ޖަމިއްޔާއެކެވެ.

ނަމަވެސް ފަހުގެ ގޮންޖެހުންތަކުން މި ކާމިޔާބީތަކަށް އޮތީ ހުރަސް އެޅިފައެވެ. އެގޮތުން އުތުރު-ދެކުނު ބައިބައިވުން އަނެއްކާވެސް އުފެދި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެކްސިން ބެހުމުގައި ހަމަހަމަކަން ނެތްކަން ފާހަގަކުރެވިފައިވާއިރު، ޑިޕްލޮމަސީގެ ބަދަލުގައި އަސްކަރީ ވަސީލަތްތައް މެދުވެރިކޮށް ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، ގްލޯބަލް ނޯތުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ގްލޯބަލް ސައުތުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް ދަނީ އަސަރުކުރަމުންނެވެ.

ކުރިއަށް އޮތް ސަމިޓްގައި މިކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ޑިޖިޓަލް ބައިބައިވުންތައް ނައްތާލުމަށް ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓެއް އުފެއްދުމަށް ވަނީ އަމާޒު ހިފާފައެވެ.  އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޒަމާނީ ހަގީގަތްތައް ދައްކުވައިދޭ އަދި އިންސާނީ ހައްގުތަކަށް އިސްކަންދޭ ގޮތަށް އިސްލާހީ މަލްޓިލޭޓަރަލިޒަމެއް އެކުލަވާލުމަށް ގޮވާލައްވައިފަ އެވެ. ގްލޯބަލް ސައުތުގެ އަމާޒަކީ ސަމިޓްގެ ނަތީޖާއިން އިސްކަންދޭ ކަންކަމަށް ހަރުދަނާ ގޮތެއްގައި ހައްލު ހޯދައިދީ، ހަމަހަމަ ތަރައްގީ އަށް މަގުފަހިކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *