ޣައްޒާ ސިޓީގެ ޝެއިޚް ރަދުވާން އަވަށުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ސްކޫލަކަށް އިސްރާއީލު ސިފައިން ސީދާ ބޮމުގެ ހަމަލާއެއް ދީފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނީ ޝެއިޚް ރަދުވާން އަވަށުގެ ހަމާމާ ސްކޫލަށް ދިން ބޮމުގެ ހަމަލާގައި 17 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ މަތިންދާބޯޓުތަކުން އެންމެ ފުރަތަމަ އެ ސްކޫލަށް އަމާޒުކޮށް ސީދާ މިސައިލް ހަމަލާއެއް ދީފައިވާއިރު، އޭގެ ފަހުން އިތުރު ހަމަލާތަކެއް ވަނީ ދީފައެވެ.
ހައްމާ ސްކޫލަށް ދިން ދެވަނަ ހަމަލާގައި ތިން މިސައިލް ޖެހިއިރު، އެމްބިއުލާންސް ޓީމުތަކުން ފުރަތަމަ ހަމަލާއިން މަރުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ރެއިޑްތަކުގެ ސަބަބުން ސްކޫލް މުޅިން ހަލާކުވެ، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ކުނިތަކެއްގެ ދަށުގައި ތާށިވި އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޢ އަންހެނުންނާއި ކުޑަކުދިންނަކީ ގެދޮރު ގެއްލިފައިވާ ގިނަ އަދަދެއްގެ އާއިލާތަކަށް އެ ސްކޫލުން ދަނީ ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝައިޚް ރަދުވާން އަވަށުގައި ހުންނަ ކޮމްޕްލެކްސްއަކަށް ބޮން އެޅި ކަމަށާއި އެތަން ކުރިން ބޭނުންކުރަމުން އައީ ސްކޫލެއްގެ ގޮތުގައި ކަމަށެވެ.
އެ މީހުން އެ ހަމަލާ ޖަސްޓިފައި ކުރީ ހަމާސް އިން ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި އެ ކޮމްޕައުންޑް ބޭނުން ކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ބުނެ އެވެ.
މެޑިކަލް މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުން ދެމުން އަންނަ ބޮމުގެ ހަމަލާތަކުގައި 24 މީހުން ވަނީ މަރުވެފަ އެވެ.


