ގްރީސް ސައިޕްރަސްގެ ވައިގެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރު ހުކުރު ދުވަހުން ފެށިގެން މެދުކަނޑާލާނެ ކަމަށް ދެކެވޭ ވާހަކަތައް ގްރީސް ސައިޕްރަޓްގެ ސަރުކާރުން ދޮގުކޮށްފި އެވެ.
ސަރުކާރުގެ ތަރުޖަމާނު ކޮންސްޓަންޓިނޯސް ލެޓިމްބިއޯޓިސް އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި އިންޓަނެޓުގައި ދައުރުވަމުންދާ ވާހަކަތަކާއި ޕޯސްޓުތަކަކީ ހަގީގަތާ އެއްގޮތް ވާހަކަތަކެއް ނޫނެވެ. އަދި ސަރުކާރުން ކުރާ ދަތުރުތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
ހިޒްބުالله އާއި އިސްރާއީލާ ދެމެދު ނުތަނަވަސްކަން އުފެދިފައި މިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްގެ ޑްރޫޒް އަވަށެއް ކަމަށްވާ މަޖްދާލް ޝަމްސްއަށް ދިން މިސައިލް ހަމަލާއާ ގުޅިގެންނެވެ.
މި ހަމަލާގެ ޒިންމާ އިސްރާއީލުން ހިޒްބުاللهގެ ބޮލުގައި އަޅުވާފައިވީ ނަމަވެސް ލުބުނާނުގެ ޖަމާއަތުން ވަނީ އެކަމުގެ ޒިންމާ އިންކާރުކޮށްފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ރައްދު ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ހިޒްބުاللهގެ އިސް ކޮމާންޑަރަކަށް އަމާޒުކޮށް ދެކުނު ބެއިރޫތަށް ހަމަލާދީގެންނެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ފަލަސްތީނުގެ ރެސިސްޓެންސް ޖަމާއަތެއް ކަމަށްވާ ހަމާސް އިން ވަނީ އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވާކަން އިއުލާނުކޮށްފަ އެވެ.
ނަމަވެސް އިސްރާއީލުން އެކަމުގައި ބައިވެރިވިކަން ކަށަވަރުކޮށްދީ އަދި ދޮގުކޮށްފައެއް ނުވެއެވެ.


