އިންޑިއާ: ކެރެލާގެ ވަޔަނާޑް ޑިސްޓްރިކްޓްގެ ފަރުބަދަމަތީ ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދެ ކުޑަކުދިންނާއެކު ފަސް މީހުން މަރުވެފައިވާކަމަށް ރިޕޯޓްތަކުން ބުނެފިއެވެ. ކަމަށް ބެލެވެ އެވެ.
މިއަދު ފަތިހު މެޕަޑީ ކައިރިން ހިނގި މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު އަދިވެސް ތާށިވެފައި ތިބިކަމަށް އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އެ ސަރަހައްދުގެ އެންމެ ފުރަތަމަ ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ ރޭ ދަންވަރު 2:00 އެހާކަންހާއިރު އެވެ. އޭގެ ފަހުން ފަތިހު 4:10 އެހާކަންހާއިރު އެ ޑިސްޓްރިކްޓުގެ އަނެއްކާވެސް ބިންގަނޑު ކަނޑައިގެން ދިޔަ އެވެ.
ނިއުސް އެޖެންސީ ޕީޓީއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަޔަރފޯސް އާއި ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް)ގެ ޓީމްތައް ހާލުގައި ޖެހިފައިވާ ސަރަހައްދަށް ހަރަކާތްތެރިވަމުންދާއިރު، އެންޑީއާރްއެފްގެ އިތުރު ޓީމެއް ވަނީ ވަޔަނާޑަށް ދަތުރުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި 16 މީހަކަށް މެޕަޑީގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ.


