Tuesday, 28 July 2026
ފޮޓޯ: ރޮއިޓާސް

އިސްރާއީލުން ގެއަކަށް ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގެ ފަސް މީހަކު ޝަހީދުވެއްޖެ

ޣައްޒާ – ޣައްޒާގެ އުތުރުގައި އޮންނަ އަލް ޖާން ސަރަހައްދުގެ ގެއަކަށް އިސްރާއީލުގެ އިސްތިއުމާރީ މަތިންދާ ބޯޓުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ ފަސް މީހަކު ޝަހީދުވެއްޖެ އެވެ.

ރޭ، އިސްރާއީލުން ހިފާފައިވާ އާޓިލަރީ އާއި މަތިންދާބޯޓުތަކުން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީގެ އުތުރުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ބައެއް ތަންތަނަށް ވެސް ބޮން އަޅައިފައެވެ. އަދި މެދުތެރޭގެ ބުރިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅާފައި ވެއެވެ.

ފަލަސްތީނުގެ ތޫބާސް ސިޓީގައި އިސްރާއީލުގެ އަސްކަރިއްޔާގެ ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ކަސްޓަމްސް އޮފިސަރަކު ވެސް ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ކަސްޓަމްސް ފުލުހުންގެ މެމްބަރެއް ކަމަށްވާ ބަލަޓާ ކޭމްޕްގެ އަބޭދު ސަރްހާން ޝަހީދުވިއިރު، އިތުރު މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އެސަރަހައްދުގެ މަސްދަރުތަކުން ބުނި ގޮތުގައި އެ ސިޓީއަށް ފުރަތަމަ ވަދެފައިވަނީ ހާއްސަ ޔުނިޓްތަކަކާ އެކުއެވެ. އެއަށް ފަހު ޓަޔާސިރު ޗެކްޕޮއިންޓުން އަސްކަރީ ރިއިންފޯސްމަންޓް ވަނީ ފޮނުވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *