ވޮޝިންޓަންއެމެރިކާގެ ރައީސް ޖޯ ބައިޑަން 2024 ވަނަ އަހަރު ވައިޓް ހައުސްއަށް ކުރިމަތިލެއްވި ރިޔާސީ ރޭހުން ވަކިވެވަޑައިގެންފިއެވެ.
ރައީސް ކަމުގެ މަގާމުގައި ހުންނެވި ޖޯ ބައިޑަން ރިޔާސީ އިންތިހާބުން ނަން އަނބުރާ ގެންދަވާފައި މިވަނީ، ޑޮނަލްޑް ޓްރަމްޕާ އެކު ހިނގި ނުރައްކާތެރި ބަހުސަކަށް ފަހު، ބައިޑަންގެ ފިޓްނަސްއާ މެދު ޝައްކު އުފެދުމުންނެވެ. އިންތިޚާބަށް ހަތަރު މަހެއްހާ ދުވަސް އޮއްވާ ބައިޑަން ކުރި މި އިއުލާނާ އެކު ސިޔާސީ ޕާޓީތަކުގެ މެދުގައި އެންމެ ބޮޑު ނަތީޖާއެއް ނެރެމުންދާ ކެމްޕެއިނެއް ވަގުތުން ވަނީ ނިމުން އައިސްފައެވެ.
"އެކްސް" ގައި ބައިޑަން އާންމުކުރެއްވި ސިޓީއެއްގައި ވަނީ ރައީސްކަމުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ބައިޑެން ވަނީ ޓްރަމްޕާ ވާދަކުރައްވަން ނައިބު ރައީސް ކަމަލާ ހެރިސްއަށް ތާއީދު ކުރައްވައި، އެކަމަނާގެ ފަހަތްޕުޅުގައި އެއްބައިވަންތަވުމަށް ހިތްވަރު ދެއްވައި ވާހަކަދައްކަވާފައެވެ.
މިއީ ޕެންސިލްވޭނިއާގެ އެއްވުމެއްގައި ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތް ކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން ވައިޓް ހައުސްގެ ކެމްޕޭނަށް ލިބުނު އެންމެ ބޮޑު ޝޮކެވެ.
އެމެރިކާގެ ތާރީހުގައި މީގެކުރިން ޕާޓީއަކުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބާ އެހާ ކައިރީގައި ރޭހުން ނުކުމެފައެއް ނުވެއެވެ. 1968 ވަނަ އަހަރު ވިއެޓްނާމް ހަނގުރާމައިގެ ސަބަބުން ރައީސް ލިންޑަން ޖޯންސަން ރޭހުން ނުކުތް ނަމަވެސް އެގޮތަށް އިއުލާންކުރީ އެންމެ ސްޓޭޓެއްގެ ޕްރައިމަރީއަކަށް ފަހު އިތުރު ދައުރަކަށް ކުރިމަތި ނުލުމަށެވެ.
ބައިޑަން ޖުލައި މަހު މިގޮތަށް ނިންމަވާފައި މިވަނީ ޕްރައިމަރީ މަރުހަލާގެ ތެރެއިން 14 މިލިއަނަށްވުރެ ގިނަ މީހުން ޑިމޮކްރެޓުން އޭނާއަށް ތާއީދުކޮށް ވޯޓު ދީފައި ވަނިކޮށެވެ.


