Tuesday, 28 July 2026
އދ.ގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް، ސަފީރު އާރް ރަވިންދުރަ އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަނީ. ފޮޓޯ: އޭއެންއައި - އެކްސް

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލައި، ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް އިންޑިއާއިން ގޮވާލައިފި

ނިއު ޔޯކް: ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުން އދ. ގައި އިންޑިއާ އިން ތަކުރާރުކޮށް، އެއްވެސް ޝަރުތެއް ނެތި ބަންދުގައި ބަހައްޓާފައި ތިބި މީހުން ދޫކޮށްލުމަށް ގޮވާލައިފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓް އޮން ދަ މިޑްލް އީސްޓްގައި ބުދަ ދުވަހު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް އާރް ރަވިންދުރަ ވެސް ވަނީ ފާއިތުވި އަހަރުތަކުގައި ފަލަސްތީނަށް އިންޑިއާއިން އެކި ގޮތްގޮތުން ފޯރުކޮށްދޭ ތަރައްގީގެ އެހީ އަކީ ގާތްގަނޑަކަށް 120 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ކަން ފާހަގަކުރައްވާފައެވެ.

 

އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ޓެރަރިސްޓް ހަމަލާތައް ހަރުކަށި އިބާރާތުން އަދި ފާޅުކަން ބޮޑުގޮތެއްގައި ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އިޒްރޭލާއި ހަމާސް އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންގެ ފުރާނަ ގެއްލިގެން ދިއުމަކީ ވެސް ކުށްވެރިކޮށް، އޭނާ ވަނީ ބަންދުގައި ބަހައްޓާފައި ތިބި މީހުން ދޫކޮށްލުމަށާއި، ހަމަނުޖެހުންތައް ނައްތާލުމަށް، މަޝްވަރާއާއި ޑިޕްލޮމެސީގެ ޒަރިއްޔާއިން ސުލްހަވެރިކަން އިސްކުރުމަށް އޭނާވަނީ ގޮވާލައްވާފައެވެ.

އާރް ރަވިންދުރަ ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނަށް ކޮންމެ ޙާލަތެއްގައިވެސް ޢަމަލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި އިޒްރޭލާއި ފަލަސްތީނުގެ ލީޑަޝިޕާއެކު ގަތަރާއި މިސްރު ފަދަ ގައުމުތަކުން ކުރިއަށް ގެންދާ ގުޅުމަށް ތައުރީފް ކުރެއްވި އެވެ.

އާރް ރަވިންދުރަގެ ވާހަކަފުޅު ނިންމަވާލައްވަމުން، ހުޅަނގު އޭޝިއާގައި ދެމެހެއްޓެނިވި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ޓަކައި، އެ ސަރަޙައްދާއެކު ގުޅުން ބަދަހިކުރެއްވުމަށް އިންޑިއާ އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *