Tuesday, 28 July 2026
އިންޑިއާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް އާރް ރަވިންދުރަ -- ފޮޓޯ: އެކްސް / އިންޑިއާޔޫއެންނިއުޔޯކް

ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުގައި އިންޑިއާއިން ޔޫއެންއާރުޑަބްލިއުއޭއަށް 2.5 މިލިއަން ޑޮލަރު ދެނީ

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އަށް އިންޑިއާއިން 2024-2025 ވަނަ އަހަރަށް ދޭ ފަސް މިލިއަން ޑޮލަރުގެ މާލީ އެހީގެ ދަށުން 2.5 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

އިންޑިއާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް އާރް ރަވިންދުރަ މިހެން ވިދާޅުވީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީގެ ކޮންފަރެންސެއްގައި ހުކުރު ދުވަހު  ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އާރް ރަވިންދުރަ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިއާއިން ރެފިއުޖީންނަށް ފޯރުކޮށްދޭ ތައުލީމާއި ސިއްހީ ހިދުމަތާއި ރިލީފް އަދި އިޖުތިމާއީ ހިދުމަތްތައް ހިމެނޭ ގޮތަށް އެ އެޖެންސީން ފޯރުކޮށްދޭ އަސާސީ ޕްރޮގްރާމްތަކާއި ހިދުމަތްތަކަށް 2023-2024 ވަނަ އަހަރާ ހަމައަށް 35 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެެ.

އަދި މާލީ އެހީގެ އިތުރުން އެ އެޖެންސީގެ އެދުމުގެ މަތިން ބޭސް ފޯރުކޮށްދީ، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރި، އަވަސް އަދި ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އާރް ރަވިންދުރަ ވަނީ ގޮވާލައްވާފަ އެވެ.

އޭނާ ވިދާޅުވީ ޣައްޒާގައި މިހާރު ހިނގަމުންދާ އިސްރާއީލާއި ހަމާސްގެ ހަމަނުޖެހުންތަކާ ގުޅިގެން އާންމުން، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން މަރުވުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *