Tuesday, 28 July 2026
BREAKING

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

ޣައްޒާ ސިޓީގެ ހުޅަނގުން އިސްރާއީލު ސިފައިން މިއަދު ހެނދުނު ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ ތިން މީހަކުޝަހީދުވެފައިވާކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެފިއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން މިސައިލް ހަމަލާތައް ދީފައި ވަނީ އަލް މިނާ ޑިސްޓްރިކްޓްގެ ގެއަކަށެވެ.

ހަމައެއާއެކު އިސްރާއީލުގެ އާޓިލަރީއިން ނުސީރަތު ރެފިއުޖީ ކޭމްޕްގެ ހުޅަނގުގައި ވާ އަލްއަސްރާ ޓަވަރުތަކުގެ ކައިރީގައި ބޮން އެޅިއިރު، ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހުގެ އިރުމަތީގައި ހެލިކޮޕްޓަރުތަކުން ވަނީ ވަރުގަދަ ބަޑީގެ ހަމަލާތަކެއް ދީފައެވެ.

ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ތުފާ އަވަށުގައި ދިރިއުޅޭ އެޕާޓްމަންޓަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މީގެ އިތުރުން އިސްރާއީލުގެ އާޓިލަރީއިން ދަނީ އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ އުތުރުގެ ބޭރުގެ ސަރަހައްދަށާއި ޣައްޒާގެ މެދު ޣައްޒާގެ ގަވަރުނަރޭޓްގެ އުތުރުގައި ވާ ޣައްޒާ ބްރިޖުގެ ވަށައިގެންވާ ސަރަހައްދަށް ބޮމުގެ ހަމަލާތައް ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *