އިޒްރޭލު ސިފައިން މިއަދު ފަތިހު ރާމަاللهގެ އިރު އުތުރުގައި އޮންނަ ސިލްވާދު އަވަށަށް ވަދެ، ފަލަސްތީނުގެ 16 ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެފިއެވެ..
މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްރާއީލު ސިފައިން ވަނީ އެ އަވަށުގެ ގިނަ އަދަދެއްގެ ގެތައް ބަލައި ފާސްކޮށް ބަލައި ފާސްކޮށް، މުދަލަށް ގެއްލުންދީފައެވެ.
މީގެއިތުރުން އޮން ސައިޓް ގައި ސުވާލުކޮށް، ބައެއް މީހުންނަށް ޖިސްމާނީ އަނިޔާކޮށް، ބައެއް ވެހިކަލްތަކުގެ ބިއްލޫރިގަނޑު ތަޅާލައިފައިވެއެވެ.
މި ރެއިޑްގެ ސަބަބުން އެ އަވަށުން 16 ޒުވާނަކު ހައްޔަރުކޮށްފައިވާއިރު، ފަހުން އިޒްރޭލުގެ އަސްކަރިއްޔާއިން އެމީހުން ގެންދިޔަ ތަނެއްް ނޭނގޭކަމަށް މަސްދަރުތަކުން ބުނެއެވެ.
އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލުން ވަނީ ފަލަސްތީނުގެ އަށް ހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.


