Wednesday, 29 July 2026
The reformist candidate, Masoud Pezeshkian

އީރާނުގެ ރިޔާސީ އިންތިޚާބު މަސްއޫދު ޕެޒެޝްކިއަން ކާމިޔާބު ކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު އިސްލާހީ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއަން ކާމިޔާބު ކުރައްވައިފިއެވެ.

އީރާނުގައި އިއްޔެ ބޭއްވި އިންތިހާބުގައި، އަމިއްލަ ގައުމުގައި މެދުމިނުގެ ސިޔާސަތުތަކަށް ވަކާލާތުކޮށް، ހުޅަނގާ އެކު ގުޅުން ބަދަހި ކުރުމަށް ވަކާލާތު ކުރެއްވި އިސްލާހީ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއަން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާގެ ހަރުކަށި ވާދަވެރިޔާ ބަލިކުރައްވައިގެން ކަމަށް އެ ދާޚިލީ ވުޒާރާއިން ބުނެފި އެވެ.

ކާޑިއެކް ސާޖަނެއް ކަމަށްވާ ޕެޒެޝްކިއަން، 69، އަށް 16.3 މިލިއަން ވޯޓު ލިބި، ހަރުކަށި ފިކުރުގެ ކެންޑިޑޭޓް ސައީދު ޖަލީލީ ބަލިކުރައްވައި، ކޮންޒަވޭޓިވް ފެކްޝަނަށް ބޮޑު ގެއްލުމެއް ލިބި، ފާއިތުވި އަހަރުތަކުގައި ސިޔާސީ މައިދާނުން އެއްފަރާތްވެފައިވާ އިސްލާހީ ފެކްޝަނަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. ޖަލީލީއަށް ލިބިވަޑައިގަތީ 13.5 މިލިއަން ވޯޓެވެ.

އީރާނުގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ވޯޓުލުން ނިމުނުއިރު ވޯޓުލީ މީހުންގެ ނިސްބަތަކީ 50 އިންސައްތައެވެ. ސަބަބަކީ ފުރަތަމަ ބުރުގައި ރެކޯޑް އަދަދަކަށް ވޯޓުލީ އީރާނުގެ ގިނަ ބަޔަކު މުޒާހަރާގެ އަމަލެއްގެ ގޮތުގައި ވޯޓު ބޮއިކޮޓްކޮށްފައިވާތީ އެވެ.

ނަމަވެސް ހަރުކަށި އިޖުތިމާއީ އުސޫލްތަކުގެ ތެރެއިން އަންހެނުންގެ މައްޗަށް ހިޖާބު އެޅުން ދެގުނަ އަށް ހަރުކަށިކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަޝްވަރާތަކުގައި ދެމިތިބޭނެ ހަރުކަށި ވެރިކަމެއް ގެނައުމުގެ ފުރުސަތު އޮތުމުން، އީރާނުގެ ރައްޔިތުން ތަންކޮޅެއް ގިނަ އަދަދަކަށް އިންތިހާބަށް ނުކުތުމަށް މަގުފަހިވި ކަމަށް ބެލެވެ އެވެ.

ރޭ ގެ ވަގުތެއްގައި ޕެޒެޝްކިއަންގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ، އޭނާގެ އުފަން ރަށް، ތަބްރީޒް ގެ އިތުރުން ގިނަ ސިޓީތަކެއްގައި ހުންނަ އޭނާގެ ކެމްޕެއިން އޮފީސްތަކުގެ ބޭރުގައި ބަރުގޮނު އަޅާ، ނަށާ، އުފާފާޅުކޮށްފައިވެއެވެ. އަދި ޕެޒެޝްކިއަންގެ ކެމްޕެއިން ސްލޯގަންއެއް ކަމަށްވާ "އީރާން ސަލާމަތް ކުރުމަށް" އިންތިހާބަށް އީރާނުގެ ރައްޔިތުން އައުމުން ސޯޝަލް މީޑިއާގައި ވެސް އެ މީހުން ވަނީ މަރުހަބާ ކިޔާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *