Tuesday, 28 July 2026
The Guardian

ފަލަސްތީނުގެ ޒުވާނެއްގެ ގައިގާ އިސްރާއީލުގެ ބަޔަކު ތަޅާ އަނިޔާކޮށްފި

ނަބްލޫސްގެ ދެކުނުގައި އޮންނަ ބެއިޓާ އަވަށުގެ ޖަބަލް ސްބައިހުގައި ފަލަސްތީނުގެ ރައްޔިތަކަށް އިޒްރޭލުގެ އާބާދީގެ މީހުން ރޭ ޖިސްމާނީ ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަބަލް ސްބައިހުގައި ފަލަސްތީނުގެ ޒުވާނަކަށް ކޮލޯނިއަނުންގެ ބަޔަކު މާރާމާރީ ހިންގައި އޭނާގެ މުޅި ހަށިގަނޑަށް އެކިވަރުގެ ޒަހަމްތަކެއް ދީފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ޙަމަލާދޭން ފެށި ފަހުން ފަލަސްޠީނާއި އެމީހުންގެ މުދަލާއި ދެކޮޅަށް ކޮލޯނިއަނުން ހިންގަމުންދާ ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *