Tuesday, 28 July 2026
Bloomberg.com

އިންޑިޔާގެ އިޤްތިޞާދަށް 3 އަހަރުގެ ތެރޭގައި 6.7 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ: ވޯލްޑް ބޭންކް

މި އަހަރުގެ އިތުރުން ކުރިއަށް އޮތް ތިން އަހަރު ވެސް އިންޑިއާ އަކީ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު އިގްތިސާދުގެ ގޮތުގައި 6.7 ޕަސެންޓުގެ ކުރިއެރުމެއް ހޯދާނެ އެއް ގައުމުކަމަށް ވޯލްޑް ބޭންކުން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައިވާ ގޮތުން 2023/24 ވަނަ އަހަރުގައި އިންޑިއާގެ ކުރިއެރުން 8.2 ޕަސެންޓަށް އަރާނެ އެވެ.

އަދި 2024 ވަނަ އަހަރު ދުނިޔޭގެ ކުރިއެރުން 2.6 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، 2025-26 ވަނަ އަހަރު އެވްރެޖްކޮށް 2.7 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މިއީ ކޮވިޑް-19 ގެ ކުރީ ދިހަވަރަކަށް އަހަރުގެ އެވްރެޖް 3.1 އިންސައްތައަށްވުރެ ދަށް އަދަދެކެވެ.

ދެކުނު އޭޝިއާ (އެސްއޭއާރު) ސަރަޙައްދުގެ ކުރިއެރުން 2023 ގައި 6.6 އިންސައްތައިން 2024 ގައި 6.2 އިންސައްތައަށް ދަށަށް ދާނެކަމަށް ލަފާކުރެވެއެވެ. މިއީ މައިގަނޑު ގޮތެއްގައި ފާއިތުވި އަހަރުތަކުގައި އިންޑިއާގެ މަތީ އިޤްތިޞާދީ ކުރިއެރުން މަޑުޖެހުމުގެ ސަބަބުންނެވެ.

އިންޑިއާގެ ހަރުދަނާ ކުރިއެރުމާއެކު، ސަރަޙައްދީ ކުރިއެރުން 2025-26 ގައި 6.2 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވެއެވެ. މި ސަރަޙައްދުގެ އެހެނިހެން އިޤްތިޞާދުތަކުގެ ތެރެއިން، ބަންގްލަދޭޝްގެ ކުރިއެރުން ވޭތުވެދިޔަ އަހަރުތަކަށްވުރެ މަޑުޖެހޭ މިންވަރެއްގައި ނަމަވެސް ވަރުގަދަކޮށް ދެމެހެއްޓޭނެކަމަށް ބެލެވެއެވެ. އަދި ޕާކިސްތާނާއި ސްރީލަންކާގެ އިޤްތިޞާދީ ކުރިއެރުން ވަރުގަދަވާނެކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *