Tuesday, 28 July 2026

އިސްރާއީލުން ޣައްޒާގެ ދެކުނުއިރުމަތީ ސަރަހައްދުން މީހުން ހުސްކުރަން އަންގައިފި

ޚާން ޔުނިސް އާއި ރަފާހްގެ ބޭރުގައި ވާ ޣައްޒާގެ ދެކުނުއިރުމަތީ ގެ ސަރަހައްދުތަކުން މީހުން ހުސްކުރަން އިޒްރޭލުގެ އަސްކަރިއްޔާއިން ހޯމަ ދުވަހު އަންގައިފި އެވެ.

އިސްރާއިލް އަސްކަރިއްޔާގެ މިފަދަ އަމުރުތަކަކީ އާންމުގޮތެއްގައި އަސްކަރިއްޔާއިން ގްރައުންޑް އެޓޭކެއް ރާވާކަމުގެ އިޝާރާތެކެވެ.

ޚާން ޔުނިސް ކައިރީގައި ހުންނަ ޔޫރަޕިއަން ގާޒާ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި އެ މީހުން ހުސްކުރަން ވެސް އޯޑަރު ލިބިފައިވާ ކަމަށެވެ. ހޮސްޕިޓަލް ހުސްކުރުމުގެ އަމުރާ ގުޅޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި އެއްގަމާއި ކަނޑުއަދި ވައިގެ މަގުން އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި މިހާތަނަށް 37،900 އަށްވުރެ ގިނަ ރައްޔިތުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *