Tuesday, 28 July 2026

އިސްރާއީލުން ޣައްޒާ ސިޓީއަށް ދެމުންދާ ޙަމަލާތަކުގައި އާންމުންގެ މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން އިއްޔެ ޣައްޒާ ސިޓީއަށް ދިން ވައިގެ ހަމަލާއެއްގައި އާންމު މީހަކުޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ވަފާގެ ނޫސްވެރިޔާ ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ ހުޅަނގުގެ ގެއަކަށް އަމާޒުކޮށް ހަމަލާދީ އެކަކު ވަނީ ޝަހީދުކޮށްލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެއްގަމާއި ކަނޑުއަދި ވައިގެ މަގުން ޣައްޒާއަށް އިސްރާއީލުން ދިން ޙަމަލާތަކުގައި ޝަހީދުވި އާންމުންގެ ޢަދަދު 37،877 އަށްވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 86،969 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ހާލުގައި ޖެހުނު އެތައް ހާސް ބަޔަކު އަދިވެސް ނުފެނެއެވެ. އަދި ސުންނާފަތިވެފައިވާ އިމާރާތްތައް މަގުތަކުގައި ފެތުރިފައިވާތީ، ރެސްކިއު ޓީމްތަކަށް އެމީހުންނާ ހަމައަށް ދިއުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

އިސްރާއީލުގެ ވަރުގަދަ ހަމަލާތަކާއި މުވާސަލާތީ އަދި އިންޓަނެޓްގެ ހިދުމަތް ތަކުރާރުކޮށް އަދި މުޅިން މެދުކަނޑާލުމާއި ތެލާއި ހެވީ އިކުއިޕްމަންޓް ނެތުމާއި ހަލާކުވެފައިވާ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން ޣައްޒާގައި މަރުވާ މީހުންގެ ޑޭޓާ ތައް ފުރިހަމަ ނުވާ ކަމަށާއި އެކަމުގެ ސަބަބުން ހިސާބުތައް ލިޔުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *