ވަށާލާފައިވާ ޣައްޒާގެ ހައި ސްކޫލްތަކުގެ 39،000 ދަރިވަރުންނަށް އިމްތިހާނު ހެދުމުގެ ފުރުސަތު ގެއްލިފައިވާކަމަށް ޔޫއެންއާރްޑަބްލިއުއޭގެ ޑިރެކްޓާ އޮފް ޕްލޭނިން ސޭމް ރޯޒް މިއަދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ސޭމް ރޯޒްވަނީ ބައި މިލިއަނަށްވުރެ ގިނަ ކުދިންނަށް ތަޢުލީމު ނުލިބުމަކީ ބިރުވެރި އަދި ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"މިއީ އާބާދީ އަށް ކުރިމަތިވި ހިތާމައިގެ އިތުރު ފަށަލައެއް،" އޭނާގެ އެކްސް އެކައުންޓުގައި ބުނެފައިވެ އެވެ.
އަދި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސްޓްރިޕްގެ ބައި މިލިއަނަށް ވުރެ ގިނަ ކުދިން ތައުލީމުން މަހުރޫމްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.


