Wednesday, 29 July 2026
Abdulaziz Al-Wasel. (SPA)

ސައިބަރ ސެކިއުރިޓީއަށް އިސްކަންދިނުމަށް ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް ސަޢުދީ އިން އިލްތިމާސްކޮށްފި

ލަންޑަން – ކުރިއެރުމާއި ތަނަވަސްކަން ފަހިކޮށްދިނުމަށް އެހީތެރިވެދޭނެ ރައްކާތެރި އަދި އިތުބާރު ހިފޭ ސައިބާ ސްޕޭސްއެއް ބޭނުންވުމަކީ ކުރިއަށްވުރެ ވެސް މުހިންމު ކަމެއް ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

ސައުދީން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަބްދުލްއަޒީޒް އަލް ވަސެލް ވިދާޅުވީ، މިދަނޑިވަޅަކީ ނުރައްކާތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް އެއްބައިވަންތަ ކުރުމަށް އދ. އާ ގުޅިގެން ސީރިއަސް އަދި އަމަލީ ވިސްނުމެއް ގެންގުޅެންވީ ވަގުތު ކަމަށެވެ. ހާއްސަކޮށް ގައުމުތަކުގެ މުހިންމު މަސްލަހަތުތަކާއި ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ކުރުމުގައި ސައިބާ ސެކިއުރިޓީން އަދާކުރާ ދައުރަށް ބަލާއިރު މިއީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލްވަސެލް މިފަދައިން ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގައި ބުރާސްފަތި ދުވަހު ބޭއްވި ބަހުސްގައި، "ބައިނަލްއަޤްވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ" މައުޟޫއުއަށް ވާހަކަފުޅުދައްކަވަމުންނެވެ.

އަލްވަސެލް ވަނީ ސަޢޫދީ ވިޝަން 2030 ޕްލޭން ފޮރ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ޑައިވަރސިފިކޭޝަންގެ ދަށުން ޤާއިމްކޮށްފައިވާ ސަޢޫދީގެ ސައިބަރ ސެކިއުރިޓީ ދާއިރާގެ މަސައްކަތްތަކާއި ހަލުވި ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ދާއިރާ ހަލުވިކަމާއެކު އަދި ޑައިނަމިކަލީ ކުރިއަރަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން އެތެރޭގެ ގޮތުންނާއި ސަރަހައްދީ ގޮތުންނާއި ދުނިޔޭގެ ފެންވަރުގައި ވެސް މި ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

2017 ވަނަ އަހަރު ސަޢޫދީގެ ކަމާބެހޭ ފަރާތްތަކުން ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ސައިބަރ ސެކިއުރިޓީ އުފައްދައި، މިދާއިރާއިން ސައުދީން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާއިރު، އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދެވަނަ ހޯދާ، އަދި އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ 2020 ވަނަ އަހަރުގެ ގްލޯބަލް ސައިބަރ ސެކިއުރިޓީ އިންޑެކްސްއިން ޢަރަބި ދުނިޔެ، މެދުއިރުމައްޗާއި އޭޝިއާ އެއްވަނަ ހޯދުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *