Tuesday, 28 July 2026

ސްވިޒަލޭންޑުން ފަލަސްތީނަށް އެހީވުމަށް 11.2 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ފަލަސްތީނު ރެފިއުޖީންގެ ކަންކަން ބަލަހައްޓަމުންދާ އދ. ގެ އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަށް 11.2 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ސްވިޒަލޭންޑުން ނިންމައިފި އެވެ.

ފެޑެރަލް އެސެމްބްލީގެ ޚާރިޖީ ސިޔާސަތު ކޮމެޓީން ބުނީ މި ފައިސާ އަކީ އިންސާނީ އެހީއަށް ޔޫއެންއާރްޑަބްލިއުއޭއިން އިލްތިމާސްކުރުމާ ގުޅިގެން ދިން ފައިސާއެއް ކަމަށެވެ.

އެއީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޣައްޒާގައި އެ ޖަމިއްޔާއަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ކަމަށްވާ ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި ޕްރައިމަރީ ހެލްތްކެއާ އަދި ލޮޖިސްޓިކްސް ފަދަ ކަންކަން ހަމަޖެއްސުމުގެ ގޮތުން ދިން ފައިސާއެއް ކަމަށްވެސް ބުނެފައި ވެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،266 މީހުން ޝަހީދުވެ، 85،102 މީހުން ވަނީ ޒަޚަމްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *