ޣައްޒާ – ޣައްޒާ ސިޓީގެ އިރު ދެކުނުން އޮންނަ ޒީތޫން އަވަށުގެ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އާންމުންގެ ހަ މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
މިއާއެކު މިއަދު ފަތިހުން ފެށިގެން އިސްރާއީލުން އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އެކި ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދުވެ ވަނީ ޒަޙަމްވެފައެވެ.
އިސްރާއިލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި ޢާއިލާތަކާ ދެކޮޅަށް ތިން ހަމަލާއެއްގައި ޖުމްލަ 40 މީހުން މަރާލައި 120 މީހުން ޒަޚަމްކޮށްލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހުއްޓުމެއްނެތި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 37،164 އަށް އަރާފައެވެ. އަދި 84،832 މީހުން ވަނީ ޒަޚަމްވެފައެވެ.


